ދުނިޔޭގެ އެންމެ ބޮޑެތި ފައިސާވެރިންނަށްވުރެ އެންމެ ފަޤީރު މުސްލިމް މީހާ ދުނިޔޭގަ ވެސް މާމުއްސަނދި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ދުނިޔޭގެ އެންމެ ބޮޑެތި ފައިސާވެރިންނަށްވުރެ އެންމެ ފަޤީރު މުސްލިމް މީހާ ދުނިޔޭގަ ވެސް މާމުއްސަނދި!

ދުނިޔޭގައި ތިބި އެންމެ ބޮޑެތި މުއްސަނދިންނަށް ބަލާށެވެ! އަބަދުވެސް އުޅޭނީ ކުރަން ބޭނުންވާ ކޮންމެވެސް ކަމެއް ނުކުރެވިގެންނެވެ. އެކަމުގެ ކަންބޮޑުވުމުގެ ތެރޭގައެވެ. ޗުއްޓީއެއް ހޭދަކޮށްލަން ދިއަ ނަމަވެސް ޙާޞިލު ނުކުރެވި ހުރި ކަންކަމަށް ވިސްނުން ހުއްޓައެއް ނުލެވޭނެއެވެ! 

ހަޤީޤަތުގައި އެއީ މޮޅުކަމެއް ކަމަށް ދެކޭ ބައަކު އުޅުނު ނަމަވެސް ރޭވުމުން ކޮންމެވެސް އެއްޗެއް ބޭނުންކޮށް ސިކުނޑި ގޮއްވާލައިގެން ނޫނީ ބިލިއަނަރުންނަށް ވެސް ނުނިދެނީ ހަމަ ހާޞިލު ނުކުރެވި ހުންނަ ކަންކަން ގިނަކަމުންނެވެ. 

އަހަރެމެން މުސްލިމުންނަކީ މާލީ ގޮތުން ކިތަންމެ ފަޤީރު ނަމަވެސް މާ މުއްސަނދި ބައެކެވެ. ލިބުނު އެއްޗެއް ކައިލައިގެން ނުވަތަ ނުލިބުނު ނަމަ ނުކައި ނިދަންވެސް ސިކުނޑި ގޮއްވާލަކަށް ނުޖެހެއެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްލައި ކިޔަން ހުންނަ ޛިކުރުތައް ކިޔައިލުމުން ﷲ ތަޢާލާގެ ރަޙްމަތްފުޅުން ނިދެއެވެ! 

ވީމާ ޙާޞިލުކުރަން ބޭނުން އެއްވެސް ކަމެއް ޙާޞިލު ނުކުރެވިގެން ކަންބޮޑުނުވާށެވެ! އެކަމަށް އެދި ދުޢާކުރަމުން ގެންދާށެވެ! އެކަން އެމީހަކަށް އެންމެ ފައިދާކުރާނެ ވަގުތުގައި ޙާޞިލުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ

އަހަރެމެން މުސްލިމުން ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ވީހައި ގިނަ ހެޔޮ އަމަލުތައް ކުރަން މަސައްކަތްކުރުމެވެ. ދުނިޔޭގައި އުޅެން ،ިލިބެނީ ވަރަށް ކުޑް ވަގުތު ކޮޅެކެވެ. ވީމާ މިވެނި ކަމަކީ މާކުޑަކުޑަ ހެޔޮ ކަމެއް ކަމަށް ބަލައި ނުކޮށް ނުލާށެވެ! ކުރަން ފުރުޞަތު ލިބޭ ކިތަންމެ ކުޑަ ހެޔޮ އަމަލެއް ނަމަވެސް ނުކޮށް ދޫކޮށްނުލާށެވެ! އެއިރުން އަބަދުވެސް ދާނީ އުފާވެރިކަން އިތުރުވަމުންނެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން