އިސްލާމް ދީނަށް ފުރައްސާރަކުރަނީއެވެ! ދީނުގެ ޙުކުމްތަކަށް ގޮންޖަހައި މަލާމާތްކުރަނީއެވެ! ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަށް މަލާމާތްކޮށް ފުރައްސާރަކުރަނީއެވެ. މިހުރިހާ ކަންކަން ކުރަމުން ގެންދާއިއރުވެސް އެކަން ކުރާ މީހަކަށް ބަހެއް ބުނެފިނަމަ އޮންނަނީ އެބުނި ބަހަކީ ހަރުކަށި ބަހަކަށް ހަދައިފައެވެ.
އެކަންކަން ކުރާ މީހުންނާއި މެދު ހަރުކަށިވުމަށް ﷲ ތަޢާލާ އަންގަވާފައިވާއިރުވެސް އެކަންކަން ކުރާނެ ވަރަކަށް ކުރަން އަޅުގަނޑުމެން ދޫކޮށްލައިގެން ތިބެންވީތޯއެވެ؟ ނޫނެކެވެ! އެގޮތަށް އެކަންކަން ކުރަން ދޫކޮށްލައިގެން ނުތިބޭނަމުއެވެ! އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް ކުރަން އަޅުގަނޑުމެން މަސައްކަތްކުރާނަމުއެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވުމަށެވެ!
ގުޅުން ހުރި ވީޑިއޯ: