ޢަރުޝީގެ ހިޔާ ހޯދަން ބޭނުން ނަމަވެސް ޢަދުލުވެރިވާށެވެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޢަރުޝީގެ ހިޔާ ހޯދަން ބޭނުން ނަމަވެސް ޢަދުލުވެރިވާށެވެ!: ޑރ. ޝަހީމް

"އަދުލުވެރިކަމަކީ އެއާމެދު ކީރިތި ޤުރުޢާންގައި ވަރަށްބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ސުންނަތުގައިވެސް އިންތިހާއަށް އެކަމާމެދުގައި ބާރު އަޅުއްވާފައިވާ ކަމެކެވެ. ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ހަދީޘްފުޅުގައިވަނީ ޤިޔާމަތްދުވަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަރުޝީގެ ހިޔާވަހިކަން ނޫން އެއްވެސް ހިޔާވަހިކަމެއް ނެތް ދުވަހުގައި ހަތް ބައަކަށް މާތްﷲ ހިޔާވަހިކަން ދެއްވަވާ ކަމަށެވެ! 

އޭގެ ތެރެއިން އޭގެ ތެރެއިން އެންމެ ފުރަތަމަ ބައަކީ އަދުލުވެރިކަމާއެކުގައި ޙުކުމްކުރެއްވި މީހާއެވެ. "އަދުލުވެރި ވެރިމީހާ. އަދުލުވެރި ފަނޑިޔާރު." 

"މިއީ ﷲ ސުބްޙާނަހޫ ވަތައާލާގެ އަޟުރަތުގައި ނުހަނު މަތިވެރި މަޤާމެއް ލިބިގެންވާ ބައެއް. އަޅުގަނޑުމެންނަށް އާންމުކޮށް ފެންނަ ނުވަތަ އަޑުއިވޭ އިރުގައި މިއިވެނީ އަދުލުވެރިވާންޖެހޭނީ ހަމައެކަނި ފަނޑިޔާރުގޭގެ ވާހަކަކަމަށް. 

އަދުލުވެރިކަމަކީ މިދުނިޔެވެސް މާތްﷲ ޤާއިމްކުރައްވާފައިމިވަނީ އަދުލުވެރިވެލައްވާފައިމިވަނީ އަދުލުވެރިކަމުގެ ހަމަތަކުގެ މަތީގައި. މާތްﷲ ރަސޫލުބޭކަލުން ފޮނުއްވީ، މާތްﷲ ފޮތްތައް ބާއްވާލެއްވީ އަދުލުވެރިވުމަށް. މީސްތަކުންގެ މެދުގައި އަދުލުވެރިކަން ޤާއިމްކުރެއްވުމަށް ގޮވާލައްވަމުން. ކިރީތި ޤުރުޢާންގެ އަލްހަދީޘް ސޫރަތުގައި މާތްﷲ ވަހީކުރައްވާފައިވަނީ " ތިމަން ﷲގެ ރަސޫލުން ހެކިތަކާއެކު ތިމަން ﷲ ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް ތިމަންﷲ ފޮތް ބާއްވާލެއްވީމެވެ. އަދި އަދުލުވެރިކަމުގެ ތިލަފަތް، އެހެނީ މީސްތަކުން އަދުލުވެރިކަމުގެ މަތީގައި ޤާއިމްވެ ތިބުމަށްޓަކައެވެ."

މިއާޔަތުން އަޅުގަނޑުމެންނަށް ދޭހަވަނީ އަދުލުވެރިކަމުގެ މުހިއްމުކަން. އަދުލުވެރިކަމުގެ މަތިވެރިކަން." 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

މިއަދު އޮންލައިން