ﷲ އާ އެންމެ ދުރުގަ ހުންނަން ޖެހޭ މީހަކަށް ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ﷲ އާ އެންމެ ދުރުގަ ހުންނަން ޖެހޭ މީހަކަށް ނުވާށެވެ!

އިމާމް ތިރުމިޛީ ބަޔާން ކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ވާހަކަދައްކާއިރު ﷲ ތަޢާލާގެ ނަންފުޅު ގެނެސް ﷲ ތަޢާލާގެ މަތިން ހަނދުމަ ނުކުރުމަކީ އެމީހާގެ ހިތް ހަރުކަށިކުރައްވަވާ ކަމެކެވެ! އަދި ހަރުކަށި ހިތުގެވެރިން ވާނީ ﷲ ތަޢާލާ އާއި އެންމެ ދުރުގައެވެ." މީގެ އިތުރުން ގިނައިރު ވާހަކަ ދައްކާނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށް ވެސް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

އަދިވެސް ޙަދީޘްފުޅުގައިވެއެވެ. "އެގެއެއްގައި ﷲ ތަޢާލާ ހަނދުމަކުރާ ގެއަކާއި ހަނދުމަ ނުކުރާ ގެއެއްގެ ތަފާތަކީ މަރުވެފައިވާ ގެއަކާއި ދިރިހުރި ގެއެއްގެ ތަފާތެވެ." 

މި ޙަދީޘްފުޅުތަކުން އެނގެން މިދަނީ ﷲ ތަޢާލާ ހަނދުމަކުރުން ގިނަ ކުރުމުގެ މުހިންމު ކަމެކެވެ. ﷲ ތަޢާލާ ހަނދުމަކޮށް ﷲ ތަޢާލާ މަތިވެރިކުރުމަކީ ޝައިޠޯނާ ފަހަތަށް ޖެހި ޝައިޠޯނާގެ ކިބައިންވެސް ސަލާމަތްކަން ލިބިގެންދާ ކަމެކެވެ. ވީމާ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާށެވެ! އެކަލާނގެ މަތިވެރިކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން