ބަންޑުން އޮވެ ނިދުން މަނާވެގެންވާ ސަބަބާ ނަރަކައިގަ އުޑުތިލަމަތިން ޖެހިލުމުގެ ފުރުޞަތުވެސް ނުލިބޭކަން އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ބަންޑުން އޮވެ ނިދުން މަނާވެގެންވާ ސަބަބާ ނަރަކައިގަ އުޑުތިލަމަތިން ޖެހިލުމުގެ ފުރުޞަތުވެސް ނުލިބޭކަން އެނގޭ ހެއްޔެވެ؟

"ބަންޑުން އޮވެ ނިދުމަކީ ރަސޫލް (ޞޢވ) މަނާކުރައްވަވާފައިވާ ކަމެކެވެ. ޙަދީޘްފުޅުގައިވަނީ ނަރަކައިގެ އަހުލުވެރިން އެތަނުގައި ތިބޭނީ ބަންޑުން ކަމަށާއި އެއީ ﷲ ތަޢާލާ ކޯފާވެވޮޑިގެންވާ ގޮތެއް ކަމަށެވެ!": ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިޙަދީޘްފުޅުން އެނގިގެންދަނީ ނަރަކައިގައި އެއްވެސް މީހަކަށް އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އުއްޑުން ޖެހިލުމުގެ ފުރުޞަތުވެސް ނުލިބޭނެ ކަމެކެވެ. ޢަޛާބު ދެއްވެވުމުގެ ގޮތުން އުއްޑުން ޖައްސަވައިފި ޙާލަތެއްގައި މެނުވީ ނަރަކައިގައި ތިބެން ޖެހޭނީ ބަންޑުން ކަމެވެ.  

މިއަދު ދުނިޔޭގައި އިޚްތިޔާރުތަކެއް ﷲ ތަޢާލާ ދެއްވެވުމުން ހިތަށް އެރިކަމެއް ކުރަމުން ހިތަށް އެރިހައި ގޮތަކަށް އުޅެމުން ގެންދާ މީހުން މިފަދަ ޙަދީޘްފުޅުތަކަށް ވިސްނައި ބިރުވެތިވުން ހުއްޓެވެ! 

ނަރަކައިގައި ހޭދަކުރަން ޖެހޭނެ މުއްދަތަކީ ހަމަ އެއްވެސް މީހަކަށް އެނގޭނެ އެއްޗެއް ނޫނެވެ. އަދި ނަރަކައިގެ އަހުލުވެރިންގެ ތެރޭގައި ޑާއިމަށް ގަދަފަދަ ޢަޛާބުގައި ތިބެން ޖެހޭނެ ބައަކު ހިމެނޭކަން އެއީ އެނގެން އޮތް ކަމެކެވެ. އެފަދަ މީހުންގެ ތެރޭގައި ނުހިމެނެން ގަދައަޅައި މަސައްކަތްކުރާށެވެ! 

ހަމަ އެއާއިއެކު ބަންޑުން އޮވެ ނުނިދާށެވެ! އެކަމަށް އާދަވެފައި ތިބި ބައަކު ތިބިނަމަ އަވަހަށް އެ އާދަ ދޫކޮށްލާށެވެ!

މިއަދު އޮންލައިން