ދަރިފުޅަށް "މައިސަލާހްމެޓް" ހޯއްދަވައިދެއްވާ! ކުނަލުގަ ހުއްޓުމުން ނަމާދުގަ ކިޔާ ތަކެއްޗާ ނަމާދުކުރަންވީ ގޮތް ކިޔައިދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ދަރިފުޅަށް "މައިސަލާހްމެޓް" ހޯއްދަވައިދެއްވާ! ކުނަލުގަ ހުއްޓުމުން ނަމާދުގަ ކިޔާ ތަކެއްޗާ ނަމާދުކުރަންވީ ގޮތް ކިޔައިދޭނެ!

"މައިސަލާޙްމެޓް" އަކީ ކަމާލް އޭނާގެ 4 އަހަރުގެ ދަރިފުޅު ނަމާދުކުރުމަށް ޝައުޤުވެރިކުރުވަން އީޖާދުކުރި ކުނަލެކެވެ. ކުނަލުގައި ހުއްޓެންޖެހޭ ތަނުގައި ހުއްޓުމުން ނަމާދުކުރާއިރު ކިޔާތަކެތި ކިޔަން ފަށައެވެ. ސަޖިދައަށް ގޮސް އަތްބާއްވަންޖެހޭ ތަނުގައި ބޭއްވުމުން ދެން ކިޔަންވާތަކެތިވެސް ކިޔައިދެއެވެ. 

ކުނާ އުފައްދާފައިވަނީ ނަމާދު ނިމިގެން ކިޔަންޖެހޭ ތަކެތިވެސް ކުނަލުގައިވާ ކީތަކަށް ފިއްތައިލުމުން އަޑުއިވޭނެ ގޮތަށެވެ! ކަމާލަކީ މިފަދަ ތަކެތި ޑިޒައިން ކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެކެވެ. އޭނާގެ އަތުގައި ނެތީ ފައިސާއެވެ. ނަމަވެސް އޭނާގެ ވިސްނުމުން މަސައްކަތްކޮށްގެން މިހާރު ކުނާވަނީ ދުނިޔޭގެ ބާޒާރަށް ނެރެފައެވެ. ތަފާތު އެތައް ބަހަކުން ނަމާދުކުރަން ބުނެދޭ ކުނާތައް ދަނީ ބާޒާރުގައި ގިނަ އަދަދަކަށް ވިކެމުންނެވެ. 

ދަރިންނަށް ދެއްވަން ކޮންފަދަ އަގުހުރި ހަދިޔާއެއްތޯއެވެ؟ 

އިތުރު ތަފްޞީލް ހޯއްދެވުމަށް:

https://www.mysalahmat.com/ 

ގުޅުންހުރި ވީޑިއޯ:

 

 

 

މިއަދު އޮންލައިން