ދަތުރުކުރަމުން ދިއަ ލޯންޗެއްގައި އަލިފާންރޯވެ ދެ މީހަކު ފިހިގެން މާފުށީ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ "މާލިފުށި 2" ނަމަކަށް ކިޔާ ލޯންޗްގައި ރޯވީ ގުރައިދޫއަށް ޖައްސަން ދަނިކޮށް ކަމަށާއި އެއިރު ލޯންޗްގައި 6 މީހުން ތިބި ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވައިލީ ފުލުހުންނާއި މާލިފުށި ރިޒޯޓުގެ މުވައްޒިފުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.