ސުވަރުގެއިން ގަނޑުވަރު ލިބޭނެ 3 މީހުންގެ ތެރެގަ ހިމެނި ގަނޑުވަރެއް ހޯދުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ސުވަރުގެއިން ގަނޑުވަރު ލިބޭނެ 3 މީހުންގެ ތެރެގަ ހިމެނި ގަނޑުވަރެއް ހޯދުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ!

ސުވަރުގެއިން ގަނޑުވަރު ލިބޭނެކަން ޙަދީޘްފުޅުން ޔަޤީންކުރެވޭ 3 މީހަކު ވެއެވެ. 

އެއިގެ ތެރެއިން ފުރަތަމަ މީހާއަކީ ތިމާ މިހުޜީ ޙައޤުމަގުގައިކަން ޔަޤީންވާޙާލުގައިވެސް ޒުވާބުނުކޮށް ޒުވާބުކުރުމުން ދުރުހެލިވެގަންނަ މީހާއެވެ. ޙަދީޘްފުޅުގައި އޮތީ އެއިރުން އެމީހަކަށް ސުވަރުގޭގެ ތިރިން ގަނޑުވަރެއް ލިބޭނެ ކަމަށެވެ! 

ދެން އޮތީ ސަމާސައަށް ނުވަތަ މަޖަލަށް ނަމަވެސް ދޮގު ނުބުނުމެވެ. ޙަދީޘްފުޅުގައި އޮތީ އެއިރުން އެމީހަކަށް ސުވަރުގޭގެ މެދުތެރެއިން ގަނޑުވަރެއް ލިބޭނެ ކަމަށެވެ! 

ދެން މިއޮތީ އެންމެ މަތިވެރި ދަރަޖައެވެ. ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައިން ގަނޑުވަރު ލިބޭނެ މީހުންނެވެ. އެންމެ ބޮޑު އިނާމު ލިބޭ މީހުންނެވެ. އެންމެ ބޮޑު އުފާވެރިކަން ލިބޭ މީހުންނެވެ. އެއީ ޚުލްޤް ހެޔޮ މީހުންނެވެ. ޙަދީޘްފުޅުގައި އޮތީ އެއިރުން އެމީހަކަށް ސުވަރުގޭގެ އެންމެ މަތިން ނުވަތަ މަތީ ދަރަޖައިން ގަނޑުވަރެއް ލިބޭނެ ކަމަށެވެ!

މިއަދު އޮންލައިން