ޢައުރަ ނިވާނުކޮށް ހުރެ ހިނެއުމާއި ވުޟޫކުރުމުން ޞައްހަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ޢައުރަ ނިވާނުކޮށް ހުރެ ހިނެއުމާއި ވުޟޫކުރުމުން ޞައްހަވާނެތޯ؟

އެހެން މީހަކަށް ނުފެންނާނެ ތަނެއްގައި ނަމަ އަޢުރަ ނިވާ ނުކުރި ނަމަވެސް ހިނައި އަދި ވުޟޫކޮށް ހެދުމުން ޞައްޙަވާނެއެވެ! އެ ވުޟޫމަތީގައި ނަމާދުވެސް ކުރެވޭނެއެވެ. އެކަން ރަސޫލް (ޞޢވ)ގެ ސުންނަތުން ސާބިތުވެއެވެ. ރަސޫލް (ޞޢވ) ވަނީ އަނބިއަނބިކަނބަލުންނާއިއެކު ނާނޭފުޅު ފިއްލަވައިކަން ސާބިތުވާން އެބައޮތެވެ! 

އަދި މޫސާގެފާނުވެސް އެފަދައިން އަމަލުކުރެއްވެވިކަމަށް ޢިލްމްވެރިން ބަޔާން ކުރައްވަވައެވެ. 

އަޢުރަ ނިވާކުރުމަކީ ހިނައިގަތުމާއި ވުޟޫ ޞައްހަވުމުގެ ޝަރުޠެއް ނޫނެވެ. ވީމާ ޚާއްޞަކޮށް މިޒަމާނުގައި މިހުންނަ ފަދަ ރައްކައުތެރި ފާޚާނާތަކުގައި އެއީ އެއްވެސް މައްސަލައެއް ނޫނެވެ! 

- ޝައިޚް އާދަމް ނިޝާން ޢަލީ

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން