ޝައިޚް ޝާފިޢު ބެލެނިވެރިންނަށް!: ދަރިން މާސްކް އެޅުވުން އެކަނި ފުއްދައި ނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޝައިޚް ޝާފިޢު ބެލެނިވެރިންނަށް!: ދަރިން މާސްކް އެޅުވުން އެކަނި ފުއްދައި ނުލާށެވެ!

"ލޮބުވެތި ބެލެނިވެރިންނޭވެ! މާސްކުން އެކަނި ފުއްދައިނުލާށެވެ! އެންމެ ބޮޑު ރައްކާތެރިކަން ލިބުން އޮތީ ފަތިސް ނަމާދުންނެވެ! ފަތިސްނަމާދުގެ ރައްކާތެރިކަން ތިބާއަށާއި ތިބާގެ ދަރިފުޅަށް ލިބުނުކަން ޔަޤީން ކުރައްވާށެވެ! 

ފަތިސްނަމާދުގެ އަހުލުވެރިންނަކީ ރައްކާތެރިކުރެވިގެންވާ ބައެކެވެ. އެމީހުންގެ ނަފްސުތަކަށް ހަމަޖެހުން ލިބޭ ބައެކެވެ. އެމީހުންގެ ހަށިތަކަށް ހީވާގިކަން ލިބޭ ބައެކެވެ. އެމީހުންގެ ވަޤުތުގައި ބަރަކާތްލެއްވިގެންވާ ބައެކެވެ. 

- ޝައިޚް މުޙައްމަދު ޝާފިޢް 

ބަލިތަކާއި މުޞީބާތްތަކުން ދަރިން ސަލާމަތްކުރަން އެދިގެންނާއި އަދި ދަރިންނަކީ ވިސްނުންތެރި ތޫނުފިލި، ހީވާގި، މުރާލި ބައަކަށް ހެދުމަށް އެދޭ ނަމަވެސް ފުރަތަމަ ކަމަކަށްވެސް އެކުދިން ލައްވައި ނަމާދުކުރުވާށެވެ! ޚާއްޞަކޮށް ފަތިސް ނަމާދުން ދުވަސް ފަށަން އާދަކޮށްދޭށެވެ! 

ދަރިންގެ ކިބައިގައި އެ ސިފަތައް ހަރުލައްވަން އެދޭނަމަ ފުރަތަމަ ކަމަކަށް ބެލެނިވެރިންނަކީ އެކަންކަން ކުރުމުގައި ނަމޫނާ ބައަކަށްވާށެވެ!

 

 

 

މިއަދު އޮންލައިން