ފުރާނަ ﷲ ގެ ޙަޟްރަތަށް އުފުލޭހިނދު މިފަދަ ސުވާލެއް ކުރައްވަވައިފިނަމަ ޖަވާބުދެވޭނެ މީހަކަށް ނުވެ ސުވަރުގެ ލިބޭނީ ކިހިނެއް؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ފުރާނަ ﷲ ގެ ޙަޟްރަތަށް އުފުލޭހިނދު މިފަދަ ސުވާލެއް ކުރައްވަވައިފިނަމަ ޖަވާބުދެވޭނެ މީހަކަށް ނުވެ ސުވަރުގެ ލިބޭނީ ކިހިނެއް؟: މުފްތީ މެންކް

ﷲ ތަޢާލާ އެއްވެސް މީހެއްގެ ފުރާނަ ގެންދަވާނެ ވަގުތަކީ އެއްވެސް މީހަކަށް އެނގޭ ވަގުތެއް ނޫނެވެ. މަލަކުލްމައުތު ތިބާގެ ފުރާނަ ހިއްޕަވައި ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވޭހިނދު ތިބާގެ ފުރާނަ ހިއްޕެވީ ތިބާ ކޮންކަމެއް ކުރަނިކޮށް ކަމާއިމެދު ސުވާލުކުރައްވަވައިފިނަމަ މިހާރު މިއުޅެ ގިނަ މީހުންނަށް ޖަވާބުގައި ޙަޤީޤަތް ދަންނަވަން އުނދަގޫވާނެއެވެ. ޖެހިލުންވާނެއެވެ. ބިރުވެސް ގަންނާނެއެވެ.

"މިއަޅާގެ ފުރާނަ ގެންދެވީ ޓީވީން ފިލްމްބަލަން އިންދައި ނުވަތަ ސޯޝަލް މީޑިއާގައި ތިމާއަށް އެކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމެއް ކުރަން އިންދައި" ކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަން ފަސޭހަވާނީ ކާކަށް ހެއްޔެވެ؟

"ފާއިތުވި 24 ގަޑިއިރު ނުވަތަ މަސް ދުވަސް ނުވަތަ އަހަރުދުވަސް ފާއިތުވެގެންދިއައިރު ތިމަން ﷲ ގެ މަތިން ހަނދުމަކުރީ ކިހައި ވަގުތަކުތޯ؟" ސުވާލުކުރައްވަވައިފިނަމަ ދުވާލަކު އެންމެ ގަޑިއެއްގެ އިރު ނުވަތަ ބައިގަޑިއިރު ﷲ ތަޢާލާގެ މަތިން ހަނދުމަކުރިން ކަމަށް ދެންނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟

މީސްތަކުންނޭވެ! މިހިރީ މިއަދު ވަރަށް ފުންކޮށް ވިސްނައިލަން ޖެހިފައިވާ ކަންކަމެވެ. ވަގުތުތައް ބޭކާރުނުކުރާށެވެ؟ ތިމާއަށް ފައިދާހުރި ކަންކަމުގައި ހޭދަކުރާށެވެ! މަސައްކަތުގައި އުޅޭއިރުވެސް ވީހައި ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ! ވާހަކަދައްކާއިއރުވެސް ވީހައި ގިނައިން ﷲ ތަޢާލާގެ ނަންފުޅު ގެންނާށެވެ!

ހުސްވަގުތެއް ލިބިއްޖެ ނަމަ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރާވަރަކަށް އެމީހާގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނެތެވެ! އެމީހަކީ އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވާ މީހަކު ކަމުގައި ވެވިއްޖެނަމަ އެމީހަކަށް ދުނިޔޭގައިވެސް މަދުވާނީ ކޮންކަމެއް ހެއްޔެވެ؟

ކާރެއްގައި ނުވަތަ ސައިކަލެއް ފަދަ އެއްޗެއްގައި ދަތުރުކުރިނަމަވެސް އަދި ހިނގާފައި ދިއަ ނަމަވެސް ބޭކާރު ކަންކަމުގައި ވިސްނަން ވަގުތު ހޭދަނުކޮށް ﷲ ތަޢާލާގެމަތން ހަނދުމަކުރުން ގިނަކުރާށެވެ! އެކަމުން ލިބެން އޮތް އެންމެ ބޮޑު މަންފާ ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން