ޛިކުރުކުރުމުގެ ފައިދާ އިންތިހާއަށް ބޮޑުވެފަ އިންތިހާއަށް ފަސޭހަ! މިވަރުކޮށްލިނަމަވެސް ފުދިއިތުރުވެސްވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ޛިކުރުކުރުމުގެ ފައިދާ އިންތިހާއަށް ބޮޑުވެފަ އިންތިހާއަށް ފަސޭހަ! މިވަރުކޮށްލިނަމަވެސް ފުދިއިތުރުވެސްވާނެ!: މުފްތީ މެންކް

ޛިކުރުކުރުމެވެ ބުނެފިނަމަ ގިނަބައަކު ހިތަށް ގެންނަނީ އެއީ ވަރަށް ބުރަ ކަމެއް ކަމަށެވެ. ތަސްބީޙަ ފައްޗެއް ހިފައިގެން އިނދެ އެތައް ވަގުތެއް ހޭދަކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ޛިކުރުކުރުމަކީ އެއަށްވުރެ މާފަސޭހައިން ކުރެވެން އޮތް ކަމެކެވެ. 

ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީ ހުރިހާ ގޮތަކުން ވަރަށް ފައިދާ ހުރިކަމެކެވެ. އެއިގެ އިތުރުން ޛިކުރު ކުރުމަކީ އެމީހަކު ހުރި ތަނެއްގައި ހުރެގެން، ކޮންމެ މަސައްކަތެއް ކުރަމުންވެސް އަދި ކޮންމެ ވަގުތަކުވެސް ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އަދި އެކަމުގެ ފައިދާ އިންތިހާއަށް ބޮޑުވެސް ކަމެކެވެ. 

މި ޙަދިޘްފުޅަށް ނިކަން ބަލައިލަބަލާށެވެ! 

حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، عَنْ مَالِكٍ، عَنْ سُمَىٍّ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ مَنْ قَالَ سُبْحَانَ اللَّهِ وَبِحَمْدِهِ‏.‏ فِي يَوْمٍ مِائَةَ مَرَّةٍ حُطَّتْ خَطَايَاهُ، وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ ‏"‏‏.‏

ޞަޙީހް ބުޚާރީގައި ބަޔާންވެގެންވާ މި ޙަދީޘްފުޅުގައި އެވަނީ ދުވާލަކު 100 ފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔައިފި މީހާގެ ފާފަތައް ކަނޑުގެ ފޮނުގަނޑުގައި ގިނަ ނަމަވެސް ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށެވެ. 

ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދޭ މީހަކު ކިތަްމެ ކުޑަ ހިތްވަރެއްލީނަމަވެސް މިއީ ގިނަވެގެން 2 މިނިޓެއްހައިއިރުން ކޮށްލެވޭނެވަރުގެ ކުޑަ ކަމެކެވެ. 2 މިނިޓެއްހައި އިރުން ލިބިގެން އެދަނީ ކިހައި ބޮޑު ނިޢްމަތެއް ހެއްޔެވެ؟ 

سبحان الله وبحمده سبحان الله العظيم

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އަކީ ދޫމައްޗަށް ފަސޭހަ އެހެންނަމަވެސް މީޒާނުގައި ބުރަކަން ބޮޑު 2 ކަލިމަ ކަމަށެވެ. ދޫމައްޗަށް (ކިޔައިލަން) އެހައި ފަސޭހައެވެ. އެހެނަސް މީޒާނުގައި ބުރަކަން ބޮޑެވެ. 

އަދި ކީއްހެއްޔެވެ؟ އެންމެ މަތިވެރި ޛިކުރަނީ ﷲ ތަޢާލާ އެއްކައުވަންތަކޮށް ﷲ ތަޢާލާ މަތިވެރިކުރުމެވެ. لَا إِلَٰهَ إِلَّا ٱللَّٰهُ އަކީ އެންމެ މަތިވެރި ޛިކުރެވެ! 

ކަންކަމުގައި މަސްއޫލުވެ އުޅެމުން ޛިކުރުކުރާއިއރު ކޮންމެހެން ޢަދަދާއިމެދު ވިސްނުމެއް ވެސް ނެތެވެ! ކުރެވޭ ޢަދަދު ﷲ ތަޢާލާ ބައްލަވައި ވޮޑިގެންނެވެ. ދެނެވޮޑިގެންވެއެވެ. މަލާއިކަތުން ލިޔުއްވަވަތެވެ. 

މިހައި ލުއިފަސޭހަމަގުތަކުން ޛިކުރުކޮށް އާޚިރަތް ކާމިޔާބުކުރެވެން އޮއްވައި ދޫމައްޗަށް އުނަދަގޫ މާ ބުރަ، އަދި ފާފަވެރިވާ ޒާތުގެ ވާހަކަތައް ދައްކަން ވަގުތުތައް ހޭދަނުކުރާށެވެ! ބޭކާރު ކަންކަމުގައި ވަގުތު ހޭދަނުކުރާށެވެ. ޛިކުރުކުރުން ފަދަ ތިމާއަށް ފައިދާ ކުރާނެ ކަމެއް ކުރަން ވަގުތު ހޭދަކުރާށެވެ! 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން