އެއީ މާބަނޑު އަންހެނެކެވެ. ކާނެ އެއްޗެއް ހޯދަން ސަލާން ޖަހަންް ގެއެއްގެ ދޮރުގައި ޓަކިޖެހުމުން ބުނީ ދޭނެ އެއްޗެއް ނެތް ކަމަށެވެ. އެގޭގެ ކުރިމަތިން ހުންނަ ގޭގައި ދިރިއުޅޭ ހަށިވިއްކާ އަންހެނަކު ވަރަށް ދެރަވެގެން ހުރެ އެގެއިން އެގެއިން އޭނާ ނުކުތް މަންޒަރު ބަލަން ހުރެފައި ގޮވާ ގެންދިއައެވެ.
އޭނާ ބުންޏެވެ! "އަހަރެންވެސް ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއްވުމުން އަތުގައި ދޭނެ ފައިސާއެއް ނެތެވެ. ނަމަވެސް މި ގަހަނާކޮޅު ގެންގޮސް ވިއްކައިލާށެވެ! ލިބޭ ފައިސާއަށް ބޭނުން ކަމެއް ކުރާށެވެ!"
އެއިގެ ދުވަސްކޮޅެއްފަހުން ހަށިވިއްކާ މީހާ މަރުވީއެވެ. މަރުވުމުން ހިނަވާނެ މީހަކުވެސް ނުވިއެވެ. އޭނާ ކުރި ނުބައި އަމަލުގެ ސަބަބުން ވައިއެޅެންވެސް އެއްވެސް މީހަކު ބޭނުން ނުވީއެވެ.
4 ވަނަ ދުވަހު ބައަކު ގޮސް އަވަށުގެ އިމާމަށް އެވާހަކަ ކިޔައިދިނުމުން އަންހެނުންތަކެއް އެއްކޮށްފައި އެގެއަށް ގޮސް އޭނާ ހިނަވައި ދިނުމަށާއި އަދި ހިނަވައ ކަފުންކުރުމުން ވަޅުލައިދިނުމަށް ފިރިހެނުން ގާތު އެދުނެވެ.
ހިތުން ކުރަން ބޭނުން ނުވި ނަމަވެސް އިމާމް ބުނުމުން ހިނަވަން އަންހެނުންތަކެއް އެގެއަށް ވަދެ ބެލިއިރު ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އޭނާގެ ގައިމަތީގައި ހުދު ފޭރާމެއް އޮތެވެ! އޮތީ ވަރަށް ރީތިކޮށް ހިނިތުންވެގެންނެވެ. ގައިން ކުނި ވަހެއްވެސް ނުދުވައެވެ.
ލިބުނު ހައރާންކަމުގައި ގޮސް އިމާމަށް މިވާހަކަތައް ކިޔައިދިނުމުން އިމާމަށްވެސް ލިބުނީ ސިހުމެކެވެ. ތަފާތު ގޮތްގޮތަށް ވާހަކަތައް ދެކެވެމުން ދަނިކޮށް މާބަނޑު އަނހެން މީހާ ގޮސް އޭނާއާއިމެދު އެ އަންހެން މީހާ ކަންތައްކުރި ރަގަޅުގޮތުގެ ވާހަކަ ކިޔައިދިނެވެ.
އިމާމް ބުންޏެވެ. "އެއްވެސް މީހަކު މަރުވުމުން ނުބައި ހީތައް ނުކުރާށެވެ! އެއްވެސް މަރުވުމުން މީހަކާއި ނުބައިކޮށްވެސް ނުވިސްނާށެވެ! ހަޤީޤަތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! އެންމެ ފަހުވަގުތު ވެސް ތައުބާ ވެވިއްޖެ ނަމަ ލައްވަވާނެ ރަޙްމަތެއް ނުއެނގޭނެއެވެ! އަދި މީހަކަށް ﷲ ގެ ރަޙްމަތް މިންވަރުކޮށްދެއްވަވާނީ އެމީހާ ކުރި ކޮން ހެޔޮ އަމަލަކުން ކަމެއްވެސް ނުއެނގޭނެއެވެ!"
- ޢިބްރަތްތެރި ފިލާވަޅު/ އިސްލާމީ ތިލަފަތުގެ ދަރުސަކުން