ފަށްކެނޑުމަށް އިންނަ މީހާއާއި އެމީހަކަށްޓަކައި އެ ފަށްކަނޑައިދެވޭ މީހާއާއި ދެމީހުންނަށްވެސް ﷲ ތަޢާލާ ލަޢުނަތް ލައްވަވާނެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފަށްކެނޑުމަށް އިންނަ މީހާއާއި އެމީހަކަށްޓަކައި އެ ފަށްކަނޑައިދެވޭ މީހާއާއި ދެމީހުންނަށްވެސް ﷲ ތަޢާލާ ލަޢުނަތް ލައްވަވާނެ!: ޙަދީޘް

"ފަށްކެނޑުމުގެ ޤަޞްދުގައި ކުރާ ކައިވެނީގެ ކޮންޓްރެކްޓަކީ (ޢަޤުދަކީ) ކަނޑައެޅިގެން ބާޠިލު ޢަޤުދެކެވެ. އެކައިވެނިވެސް ޞައްޙަ ނުވާނެއެވެ. އަދި އެގޮތަށް ފަށްކެނޑުމަށް އެއިން މީހާ ގާތުން ވަރިވެގެން ކުރީގެ ފިރިމީހާއާއި ކައިވެނި ކުރިނަމަވެސް، ކުރީގެ ފިރިމީހާއާއި އަލުން އެކުރާ ކައިވެނިވެސް ޞައްޙަ ނުވާނެއެވެ."

ފަށްކެނޑުމަށް އިންނަ މީހާއާއި އެމީހަކަށްޓަކައި އެ ފަށްކަނޑައިދެވޭ މީހާއާއި ދެމީހުންނަށްވެސް ﷲ ތަޢާލާ ލަޢުނަތް ލައްވަވާނޭކަމަށް ކީރިތި ނަބިއްޔާ ﷺ ވަނީ ބަޔާން ކޮށްދެއްވާފައެވެ. (އަބޫ ދާވޫދު:2076)

والله أعلم.

- ޝައިޚް އާދަމް ނިޝާން 

ފަށްކަނޑަން ކައިވެނިކުރުމަކީ ރާއްޖޭގައި ކުރަމުން އައި ކަމެކެވެ. ނަމަވެސް ބާޠިލް ކަމެއްކަން އެނގުމުން އެކަންކުރުން މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ. ޝައިޚް އާދަމް ނިޝާން ބަޔާންކުރައްވާފައިވާ މިބަސްފުޅުން އެނގިގެންދަނީ ފަށްކެނޑުމުގެ ވާހަކައަކީ ބާޠިލް ވާހަކައެއްކަމެވެ. އަދި އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫންކަމެވެ. 

"ފަށްކެނޑުމަށް އިންނަ މީހާއާއި އެމީހަކަށްޓަކައި އެ ފަށްކަނޑައިދެވޭ މީހާއާއި ދެމީހުންނަށްވެސް ﷲ ތަޢާލާ ލަޢުނަތް ލައްވަވާނެ" ކަމެވެ. 

ދެމަފިރިންނަށް އެކުގައި ނޫޅެވިގެން 3 ފަހަރު ވަރިކުރަން ޖެހިއްޖެ ނަމަ ނުވަތަ 3 ފަށް ވެއްޖެ ނަމަ އެހެން ފިރިހެނަކާއި އަންހެން މީހާއަށް ކައވެނިކުރަންޖެހެނީ ފަށްކަނޑާކަށް ނޫނެވެ. އެކުގައި ދިރިއުޅުމަށެވެ. ވީމާ ފަށްކެނޑުމަށް ކައިވެނިކުރުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫނެވެ.

މިއަދު އޮންލައިން