ކައިވެނިކުރަން ބޭނުންވުމުން އެކަން ރަސްމީ ކަމަކަށް ހަދަން ދެކުދިން އެކުގައި ދިއައީ މަސްޖިދުލްއަޤްޞާއަށެވެ. ފުރަތަމަ ކަމަކަށް އެކުގައި ނަމާދުކޮށް ދުޢާކުރީއެވެ. އެއަށްފަހު ޘަޤާފީ ގޮތުން ކުރަމުން އަންނަ ކަމަކަށްވާތީ އަނގޮޓި އެޅުވީއެވެ.

އެކުގައި ނަމާދުކޮށް އެކުގައި ދުޢާކޮށް ދެމީހުންވާ ވަޢުދުގެ މަތީގައި ސާބިތުވެ ތިބެއްޖެ ނަމަ ދެކުދިން ސުވަރުގެ ވެސް ވަންނާނީ އަތުގުޅާލައިގެން ތިބެއެވެ! އިން ޝާ ﷲ

މަސްޖިދުލްއަޤްޞާ ވެސް ހިމެނޭ ގޮތަށް ފަލަސްޠީނުގެ ބިންތައް މިލްކުކޮށްލަން ހައްދުފަހަނައަޅާފައިވާ ޔަހޫދީން ނިންމުމާއި ގުޅިގެން ޙަރަމްފުޅަށް އޮތް ލޯބި ދެއްކުމުގެ ގޮތުން ފަލަސްޠީނު ރައްޔިތުން މިހާރުގެންދަނީ ތަފާތު ބޭނުންތަކަށް ޙަރަމްފުޅު ބޭނުންކުރަމުންނެވެ. ޙަރަމްފުޅުގައި ހޭދަކުރާ ވަގުތުވެސް ވަނީ އިތުރުކޮށްފައެވެ.