ގިނަގިނައިން ހޭލެވުނު ނަމަވެސް ކަންބޮޑުވުމެއް ނެތެވެ! ހަމަ ހޭލެވޭއިރަށް ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ މަގު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ގިނަގިނައިން ހޭލެވުނު ނަމަވެސް ކަންބޮޑުވުމެއް ނެތެވެ! ހަމަ ހޭލެވޭއިރަށް ކުރާ ދުޢާ ޢިޖާބަކުރައްވަވާނެ މަގު މިއޮތީ!

ބައެއް މީހުންނަކީ ގިނަގިނައިން ނިދިން ހޭލެވޭ މީހުންނެވެ. އިރުއިރުކޮޅުން ވެސް ހޭލެވޭ މީހުންނެވެ. މިއޮތީ އެފަދަ މީހުންނަށް އޮތް ރަނުގެ ފުރުޞަތުގެ ވާހަކައެވެ. ހޭލެވޭއިރަށް އަވަހަށް ދުޢާކޮށްލަންވީއެވެ. ޢިޖާބަކޮށްދެއްވަވާނެ މަގު މިއޮތީއެވެ! 

ޠަހާރަތުގެ މަތީގައި (ވުޟޫކޮށްގެން) ނިދައިފިނަމަ އެމީހަކާއިއެކުގައި މަލާއިކަތަކު ވާނެއެވެ. ހޭލެވޭ ކޮންމެ ފަހަރަކު މަލާއިކަތާ އެމީހަކަށްޓަކައި ދުޢާ ކުރައްވާނެތެވެ. "ޔާﷲ! އިނބަ އިލާހުގެ މިއަޅާގެ ފާފަ ފުސަވައި ދެއްވަވާނދޭވެ! ފަހެ އޭނާ ރޭކުރަނީ ޠަހާރަތުގެ މަތީގައެވެ." 

އަދި ނިދީގެ ތެރެއިން ހޭލެވި އެފަދަ މީހަކު ކުރާ ދުޢާ ﷲ އިޖާބަކުރައްވަވާނެއެވެ. 

(صحيح الترغيب والترهيب 597،598)

މިއިން އެނގިގެންދަނީ ވުޟޫކޮށްގެން ނިދުމުގެ މާތްކަމެވެ. މިފަދަ މަތިވެރިކަން ލިބެން އޮއްވައި ދޫކޮށްލަން ހެޔޮ ނުވާނެއެވެ!

މިއަދު އޮންލައިން