ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ދުންފަތުން ޞިއްހަތަށް ލިބޭ ގެއްލުން ދެގުނައަށް ކުޑަވަނީ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ދުންފަތުން ޞިއްހަތަށް ލިބޭ ގެއްލުން ދެގުނައަށް ކުޑަވަނީ؟

ސަރައްހަދީ ބަނދަރުތަކަށް އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ 50 އިންސައްތަ ކުޑަކުރަން މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ފާސްކުރި އިޞްލާޙްތައް ދިރާސާކުރައްވަމުން ގެންދަވާ ކަމަށާއި ދިރާސާ ކުރެއްވެވުމަށްފަހު ޑިޔުޓީ ކުޑަކުރާ ބާވަތްތަކުގެ ތެރޭގައި ދުންފަތް ހިމެނޭކަން ހާމަކުރައްވާނެ ކަމަށެވެ!

ޑިޔުޓީ ކުޑަކުރާ ބާވަތްތަކުން ދުންފަތް އިސްތިސްނާ ކޮށްފައި ނުވާނަމަ އެއިގެ މާނައަކީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ބޭނުންކުރުމުން ޞިއްޙަތަށް ލިބޭ ގެއްލުން ދެ ގުނައަށް ކުޑަވާކަމަށް ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން ޤަބޫލުކުރުމެވެ. 

މަޖިލީހުން މިފަދަ ނިންމުމެއް މިނިންމީ ދުންފަތުގެ ބާވަތްތަކުން 200 އިންސައްތަ ޑިޔުޓީ ނަގަމުންދާއިރު ކޮންމެ ސިގިރޭޓަކުން ނަގާ ޑިޔުޓީ ބޮޑުކުރަން ހުށަހަޅާފައިވާ ކަމުގެ ވާހަކަތައް ސަރުކާރުން ފަތުރަމުން ގެންދާ ވަގުތެއްގައެވެ. 

މީގެ ކުރިންވެސް ވަނީ މިފަދަ ނިންމުމެއް ނިންމައިފައެވެ. އެއިރު މާލޭ ޕޯޓަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމުގެ ބަދަލުގައި އެތެރެކުރަމުން ގެންދިއައީ ސަރަހައްދީ ޕޯޓުތަކަށެވެ. މާލެ ގެންނަނީ އެރަށަކުންނެވެ. 

ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވަން މަސައްކަތްކުރާކަމަށްބުނެ އެޗްޕީއޭއިންވެސް މިފަދަ ޑްރާމާތައް ކުޅެމުން ގެންދާކަން ވަނީ ފާހަގަކުރެވެއެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓުތަކުގައި ޝީޝާ، ސިގިރޭޓް ބުއިން މަނާކޮށް އުޞޫލު ނެރުމަށްފަހު މިހާރު ވަނީ އެކަންކަން އުޞޫލުން ނަގައިފައެވެ.

މިއަދު އޮންލައިން