ކުޑަކުދިންގެ ޙައްޤުތައް ހޯދައިދިނުމުގެ ނަމުގަ އުޅޭ މީހުން މިއާޔަތުގެ ވާހަކަ ނުދައްކަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކުޑަކުދިންގެ ޙައްޤުތައް ހޯދައިދިނުމުގެ ނަމުގަ އުޅޭ މީހުން މިއާޔަތުގެ ވާހަކަ ނުދައްކަނީ ކީއްވެ؟

ކުޑަކުދިންނާއި ބެހޭ (ޖިންސީ ގޯނާކުރުމާ މަގުފުރައްދާ) މީހުންނާއިމެދު އިސްލާމް ދީނުގައި އޮތް ޙުކުމަކީ ކޮބައިތޯ؟" ސުވާލުކުރުމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބަކީ "އެފަދަ މީހުންނަކީ ބިންމަތީގައި ފަސާދަ އުފައްދާ މީހުން ކަމަށާއި އެމީހުންނަށް ދޭންޖެހޭ އަދަބު މިއާޔަތުގައި އެވަނީ" ކަމަށެވެ. 

މިޖަވާބާއިއެކު ޑރ. އިޔާޟް ބަޔާންކުރައްވާފައިވަނީ އަންނަނިވި އާޔަތެވެ! 

" ﷲ އާއި، އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަ ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚީރަތު ގައި، އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ." (އަލްމާއިދާ: 33)

އެހެންކަމުން ސުވާލަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެކުދިން މަގުފުރައްދަން މަސައްކަތްކުރާ މީހުންނާއި ދެކޮޅަށް ޙަރަކާތްތެރިވާ މީހުންވެސް އަދި ޖަމާއަތްތަކުން ވެސް އަދި ޖެންޑަރ މިނިސްޓްރީންވެސް އަދި ޤާނޫނުތައް ހަދާ ޤާނޫނު ހަދާ މަޖިލީހުންވެސް މިއާޔަތުގެ ވާހަކަ ނުދައްކަނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅަށްވުރެ މޮޅު ގޮތް ތިމާމެންނަށް ވިސްނޭ ކަމަށް ދަޢުވާކުރަނީ ހެއްޔެވެ؟ އެހެންކަމަށް އެބައަކު އެތިބީ ﷲ ތަޢާލާގެ މަގަކު ނޫނެވެ. އެހެންކަމުން އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތެވެ.

މިއަދު އޮންލައިން