މިސްކިތްތަކުގެ ގޯތިތަކާއެކު މިސްކިތްތައް ފުރާލުމުން ފެނިގެން ދިއައީ ރައްޔިތުން ހުކުރުކުރަން ބޭނުންވެފައި ތިބި މިންވަރު! ރައްޔިތުންގެ ކިޔަމަންތެރިކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މިސްކިތްތަކުގެ ގޯތިތަކާއެކު މިސްކިތްތައް ފުރާލުމުން ފެނިގެން ދިއައީ ރައްޔިތުން ހުކުރުކުރަން ބޭނުންވެފައި ތިބި މިންވަރު! ރައްޔިތުންގެ ކިޔަމަންތެރިކަން!

15 މާރިޗުން ފެށިގެން މާލެ ސަރަހައްދުގައި ހުކުރުނަމާދުނުކޮށް އޮތުމަށްފަހު މިއަދު ހުކުރުނަމާދުކުރަން ފެށުމުން ފެނިގެން ދިއައީ މިސްކިތްތަކުގެ ގޯތިތަކާއެކު މިސްކިތްތައް ފުރައިލިތަނެވެ. ފެނިގެން ދިއައީ ރައްޔިތުން ހުކުރުކުރަން ބޭނުންވެފައި ތިބި މިންވަރާއި ރައްޔިތުންގެ ކިޔަމަންތެރިކަމެވެ. 

ވަރަށް ގިނަ ބައަކު ތިބީ މާސްކް އަޅައިގެންނެވެ. ވަރަށް ގިނަ ބައަކު ގޮސް ތިބީ މުސައްލަވެސް ހިފައިގެންނެވެ. އަދި ގައިދުރުކޮށް ތިބެން އަމުރުކޮށްފައި ނުވިނަމަވެސް ގިނަ ބައަކު މުސައްލައަޅައިގެން ތިބީ އެކަށީގެންވާވަރަށް ގައިދުރުކޮށެވެ. 

މިކަންކަމުން އެނގިގެން ދިއައީ ކޮރޯނާ ވައިރަސް އާއިމެދު ރައްޔިތުންގެ ހޭލުންތެރިކަން އޮތް މިންވަރެވެ! އަދި ރައްކައުތެރިކަމުގެ އުޞޫލުތައް ހިފަހައްޓައިގެންވެސް ހުކުރު ނަމާދުކުރަން ބޭނުންވެފައި ތިބި މިންވަރެވެ. 

މިހާރުވެސް އެވްރެޖްކޮށް ދަނީ ދުވާލަކު 30 ވަރަކަށް މީހުން ޕޮޒިޓިވްވަމުންނެވެ. އަދި ކޮރޯނާ މުޅިން ފިލައި ހުކުރު ކުރެވޭނެ ދުވަހެއް ފެންނާނެ ދުވަހެއް އަދި ލަފާކުރަންވެސް ނޭނގެއެވެ. 

މިއަދު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ކުރެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އެވެ. ޚުޠުބާވެސް ވަރަށްކުރެވެ. ނަމާދުވެސް ވަރަށް ކުރުކުރެއްވިއެވެ. ކިޔަވައިވިދާޅުވީ ފަލަޤް، ނާސް ދެ ސޫރަތެވެ.

މިއަދު އޮންލައިން