ތުރުކީގައި ހުރި އެންމެ މުހިއްމު އެއް އިމާރާތްކަމަށްވާ ހަގިއާ ސޯފިއާ، 85 އަހަރުފަހުން މިސްކިތަކަށް ބަދަލުކޮށް ބަންގިގޮވަން ފަށައިފިއެވެ. އެ ތަނަކީ 1453 ވަނައަހަރު ޢުޘްމާނީ ދައުލަތް ޤާއިމުކުރުމުގެ ކުރިން ކްރިސްޓިއަނުން ބިނާކޮށްފައިވާ ތަނެކެވެ.

ސުލްޠޯން މުޙައްމްދު 2 އެތަން 1453 ވަނަ އަހަރު މިސްކިތަކަށް ބަދަލުކުރެއްވުމުން މިސްކިތެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނިކޮށް އެތަން މިޔުޒިއަމަކަށް ބަދަލުކުރީ 1934 ވަނައަހަރު އެއިރުގެ ތުރުކީގެ ވަޒީރުންގެ އަމުރަކަށެވެ! ހުކުރު ދުވަހު އެތަން އަލުން މިސްކިތަކަށް ބަދަލުކޮށް ރައީސް ޠައްޔިބް އުރްދުޤާންގެ އަމުރުފުޅަށް ބަންގިގޮވަން ފަށާފައިވަނީ ކޯޓުން އެކަމަށް ޙުކުމްކުރުމުންނެވެ.
އެ ޢިމާރާތަކީ ތުރުކީގެ އެންމެ މުހިންމު އެއް ޢިމާރާތެވެ. އަދި ޔުނެސްކޯއިން ވަނީ އެ ޢިމާރާތް ޙިމާޔަތްވެސް ކޮށްފައެވެ. 1934 ވަނަ އަހަރު އެތަން މިޔުޒިމަކަށް ބަދަލުކުރި ނަމަވެސް މިއަދާއި ހަމައަށްވެސް އެތަނުގެ ރަޖިސްޓްރީ އޮންނަނީ މިސްކިތެއްގެ ގޮތުގައެވެ.