ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީއެވެ.
މިފައިސާތަކަކީ 2020 ޖުލައި 7 ވަނަ ދުވަހުގެ ވަގުތެއްގައި، މާލޭ އިންޑަސްޓްރިއަލް ޒޯނު ތެރޭގައި ވެއްޓިފައި އޮއްވައި އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެކެވެ.
ވީމާ މި ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި އިންސިޑެންޓް ނަންބަރު 459812 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާތަކާ ހަވާލުވުމަށް އެދެމެވެ.