މަސްޖިދުލްއަޤްޞާ ވަރަށް އަވަހަށް މިނިވަން ކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
މަސްޖިދުލްއަޤްޞާ ވަރަށް އަވަހަށް މިނިވަން ކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެ!

މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު މަސްޖިދުލްއަޤްބާ ވަރަށް އަވަހަށް މިނިވަން ކުރައްވައި ފަލަސްޠީނުގެ ރައްޔިތުންނާއި ޙަވާލުކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ޠައްޔިބް އުރުދުޤާން ވިދާޅުވެއްޖެއެވެ.

މިކަން ހާމަ ކުރައްވާފައިވަނީ ތުރުކީ ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައެވެ. 

އެމަނިކުފާނު ވިދާޅުވީ ޙަޤިއާ ސޯފިއާ މިސްކިތަކަށް ބަދަލުކުރައްވައި އެތަނުގައި ބަންގި ގޮވަން ފެށުން އެއީ އިސްލާމް ދީން މަތިވެރިކުރައްވަން ފެށްޓެވި ޚާއްޞަ މަސައްކަތްޕުޅުތަކުގެ ފެށުމެއް ކަމަށެވެ. 

މިއީ އިސްލާމީ ވެރިއަކު ފަހަކަށް އައިސް މިފަދަ ޢިބާރާތަކުން ވިދާޅުވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކުރެވެއެވެ. 

ޠައްޔިބް އުރުދުޤާން މަސްޖިދުލްއަޤްޞާ މިނިވަންކުރެއްވުމަށާއި އިސްލާމް ދީން މަތިވެރިކުރައްވަން ކުރައްވަވާ މަސައްކަތްޕުޅުތަކުގައި ބަރަކާތް ލައްވަވައި އިސްލާމް ދީން މަތިވެރިކުރައްވަވާށި! އާމީން

މިއަދު އޮންލައިން