ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަހައްޓާ އުޅަނދުތައް 1 އޮގަސްޓް އިން ފެށިގެން ޓޯވކުރަން ފަށަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 50ސ
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަހައްޓާ އުޅަނދުތައް 1 އޮގަސްޓް އިން ފެށިގެން ޓޯވކުރަން ފަށަނީ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި  ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާއްސަ މަސައްކަތްތަކެއް 1 އޮގަސްޓް ފަށަނީއެވެ. 

އެގޮތުން، ހުޅުމާލޭގެ އެކި ސަރައްހައްދުތަކުގައި، ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތަކާއި ގިނަ ދުވަސްވަންދެން ބަހައްޓާފައިހުންނަ، ބާވެ ހަލާކުވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުންނަ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ނެގުމުގެ މަަސައްކަތް 2020 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ އުޅަނދުތައް ޓޯވކުރުމަށް ހަމަޖެހިމިވަނީ ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ހުޅުމާލެ ޕޮލިސް އާއި ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންއެވެ.

އެހެންކަމުން ޤަވާއިދާ ހިލާފަށް ހުުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިހުރި އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދުތައް ނެގުމަށް އިލްތިމާސްކޮށްފައިވެއެވެ.

މިއަދު އޮންލައިން