ކޮންމެ މީހަކަށް ވަލީދު ބިން ޠޮލާލަކަށް ނުވެވިދާނެ! ނަމަވެސް އުފާވެރި ދުވަސްތައް ދަރިންނާއެކު ހޭދަކުރެވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކޮންމެ މީހަކަށް ވަލީދު ބިން ޠޮލާލަކަށް ނުވެވިދާނެ! ނަމަވެސް އުފާވެރި ދުވަސްތައް ދަރިންނާއެކު ހޭދަކުރެވިދާނެ!

ޚަބަރުގައިވާ ޓްވީޓުގައި އެވަނީ މަޝްހޫރު ބިލިއަނަރު ވަލީދު ބިން ޠޮލާލް އޭނާގެ 5 ކާފަދަރިންނާއި ޢީދު ހޭދަކުރިގޮތް ދައްކައިދޭ ވީޑިއޯއެކެވެ. ކޮންމެ މީހަކަށް ވަލީބިން ޠޮލާލަކަށް ނުވެވިދާނެއެވެ. ނަމަވެސް ޢީދު، ހުކުރު އަދި އެނޫންވެސް ބަންދުދުވަސްތަކާއި އުފާވެރި ދުވަސްތައް ދަރިންނާއިއެކު ހޭދަކުރެވިދާނެއެވެ! 

މިހާރަކަށް އައިސް ޢިދު ފާހަގަކުރުން ކަންކަން ކުރުމުގައި ބައެއް މީހުންނަށް އިސްކަން ދެވެނީ ދެޖިންސުން މަސްހުނިވެ ގިނަ ބައަކު ބައިވެރިވާ ކަންކަމުގައި ބައިވެރިވުމަށެވެ. މައިންބަފައިންގެ ލޯތްބަށް އިންތިހާއަށް ބޭނުންވެގެން ތިބި ދަރިންނާއިއެކު ވަގުތު ހޭދަކޮށް ދަރިންނަށް އުފާވެރިކަން ހޯދައިދޭން ކަންކަން ކުރެވެނީ ނިޞްބަތުން ބައަކަށެވެ. 

ޢީދު ފާހަގަކުރުން ފަދަ ކަންކަމުގައި އެހެން މީހުން ކުރާ ކަންކަމުގައިވެސް ބައިވެރިވުމަކީ ކުރަން ރަނގަޅުކަމެކެވެ. ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ދަރިންނަށް އުފާވެރިކަން ހޯދައި ދިނުމަށެވެ. ޢާއިލާ ޢާއިއެކުގައި އުފާވެރިކަން ލިބިގަތުމަށެވެ. 

ދާދިއަވަހަށް އަޅުގަނޑުމެންނާއި ބައްދަލުކުރާ ބޮޑު ޢީދުގައި މިބަދަލު ޢަމަލުން ދައްކައިދެމާތޯއެވެ! 

މިއަދު އޮންލައިން