ކޮރޯނާ ޖެހިގެން މަންމަ މަރުވާއިރު ކައިރިއަށް ނުދެވޭތީ މަންޒަރު ބަލައި ދުޢާކުރަން ހޮސްޕިޓަލުގެ ކުޑަދޮރަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ކޮރޯނާ ޖެހިގެން މަންމަ މަރުވާއިރު ކައިރިއަށް ނުދެވޭތީ މަންޒަރު ބަލައި ދުޢާކުރަން ހޮސްޕިޓަލުގެ ކުޑަދޮރަކަށް!

މަންމަ ދުނިޔެއިން ވަކިވާވަގުތު މަންމަ ގާތުހުރެލަން ކޮންމެ ދަރިއަކުވެސް ބޭނުންވާނެއެވެ. މަންމަ ގައިގައި ފިރުމާލައި ބޮސްދޭން ވެސް ބޭނުންވާނެއެވެ! ގާތުގައި ހުރެގެން ހިތްވަރުދީ ހެޔޮ ދުޢާކުރަންވެސް ބޭނުންވާނެއެވެ! 

އެހެންނަމަވެސް ކޮރޯނާ ވައިރަސް ޖެހިގެން މީހުން މަރުވާއިރު އެފުރުޞަތެއް ނުލިބެއެވެ. އެހެންކަމުން ފަލސްޠީނުގެ ޒުވާނެއް ކަމަށްވާ ޖިހާދު އަލް ސުވަތީ އޭނާގެ މަންމަ ދުނިޔެ ދޫކުރާ މަންޒަރު ބެލީ ހޮސްޕިޓަލުގެ އެބުރީގެ ކުޑަދޮރަކަށް އަރައި ބިއްލޫރިގަނޑުންނެވެ. މަންމަ މަރުވެގެން ހަށިގަނޑު ގެންދަންދެން އޭނާ އެހަނި ފާރުކޮޅުމަތީގައި މަޑުކުރީ މަންމައަށް ހެޔޮ ދުޢާ ކުރުމުގައެވެ. 

ކޮރޯނާ ޖެހިގެން މަރުވާ މީހުންގެ މޫނުވެސް ފެނުމުގެ ފުރުޞަތު ގިނަ ޤައުމުތަކުގައި ނުލިބޭކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން