ޓީވީއެއްގެ ވެރިފަރާތް ހޯދަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 34ސ
ޓީވީއެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ހައިސެންސް ބްރޭންޑްގެ ޓީވީއެއްގެ ވެރިފަރާތް ހޯދަނީއެވެ.

މި ޓީވީއަކީ 2020 ޖުލައި 26 ވަނަ ދުވަހުގެ 16:50 އެހާކަންހާއިރު މ. ކުނޫޒް ކައިރިން ދެ މީހަކު ޓީވީއެއް ހިފައިގެން ދަނިކޮށް، އެދެމީހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރުމުން ޓީވީގެ ވެރިފަރާތް ބުނެދެވިފައިނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ޓީވީއެކެވެ.

ވީމާ މި ޓީވީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާއި، އިންސިޑެންޓް ނަންބަރު 461299 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ޓީވީއާ ހަވާލުވެމަށް އެދެއެވެ.

މިއަދު އޮންލައިން