ރ. ދުވާފަރު ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތައް ހޯދައި ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު ފިހާރައަކުން ފައިސާތަކެއް ވަގަށް ނަގާފައިވާކަމަަށްބުނެ ޖުލައި 27 ވަނަ ދުވަހުގެ ވަގުތެއްގައި ދުވާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން އެދުވަހުގެ 19:40 އެހާކަންހާއިރު އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.
ފިހާރައިން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 1050 ރުފިޔާ ހޯދާފައިވާއިރު، މިފައިސާތައް ފެނިފައިވަނީ ހައްޔަރުކޮށްފައިވާ މިހާ އުޅޭ ގެއިންއެވެ. މިހާތަނަށް ބެލިބެލިމުން އެފިހާރައިން ވަގަށް ނަގާފައިވަނީ 1900 ރުފިޔާއެވެ.