ﷲ އަށްޓަކާ ފަންސާސް އަހަރު ހިލޭސާބަހަށް ބޭސްކޮށްދެއްވި ފަޤީރުންގެ ޑޮކްޓަރު، ޑރ. މުޙައްމަދު އަލްމަޝާލީ އަވަހާރަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ﷲ އަށްޓަކާ ފަންސާސް އަހަރު ހިލޭސާބަހަށް ބޭސްކޮށްދެއްވި ފަޤީރުންގެ ޑޮކްޓަރު، ޑރ. މުޙައްމަދު އަލްމަޝާލީ އަވަހާރަވެއްޖެ!

ﷲ އަށްޓަކާ 50 އަހަރު ހިލޭސާބަހަށް މިޞުރުގައި ބޭސްކޮށްދެއްވި ފަޤީރުންގެ ޑޮކްޓަރު، ޑޮކްޓަރު މުޙައްމަދު އަލްމަޝާލީ އަވަހާރަވެއްޖެއެވެ.  

ޑރ. ވަނީ ފައިސާގައި ހިއްޕަވަން ދެކޮޅު ހައްދަވައިފައެވެ. އޭނާގެ ކްލިނިކަށް ދޭ އެހީވެސް ބޭނުންފުޅެއް ނުކުރައްވައެވެ. ވިދާޅުވަނީ އޭނާ ބޮޑުފުޅުވީ ފަޤީރެއްގެ ގޮތުގައި ކަމަށާއި އެއްވެސް ތަނަވަސްކަމެއް ބޭނުންފުޅު ނުވާ ކަމަށެވެ. 

ފީއެއްގެ ގޮތުން މީހަކު ދިން ނަމަވެސް ގިނަވެގެން ނަންގަވަނީ މިޞުރުގެ އެންމެ ދިހަ ޕައުންޑެވެ. އެވަރު ނެތް މީހަކު މަދުން ދިންނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރައްވައެވެ. ފުރިހަމައަށް ޚިދުމަތް ދެއްވައެވެ. 

މާތް ﷲ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ އެންމެ މަތިވެރި ނިޢްމަތް މިންވަރުކުރައްވަވައިދެއްވަވާށި! އާމީން 

 

މިއަދު އޮންލައިން