ބައިސްކަލެއްގެ ވެރިފަރާތް ހޯދަނީއެވެ.
މި ބައިސްކަލަކީ 2020 ޖުލައި 28 ވަނަ ދުވަހުގެ 12:16 އެހައިކަންހާއިރު މ. އެލްސިޔޯން ކައިރިން މީހަކު ބައިސްކަލެއް ހިފައިގެން ދަނިކޮށް، އެމީހާއަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލު ކުރުމުން ބައިސްކަލުގެ ވެރިފަރާތް ބުނެދެވިފައިނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައިސްކަލެކެވެ.
ވީމާ މި ބައިސްކަލުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާއި، އިންސިޑެންޓް ނަންބަރު 461417 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ބައިސްކަލާ ހަވާލުވުމަށް އެދެއެވެ.