ޢާންމުކޮށް ނުކުމެ އުޅުން މަނާ ނަމަވެސް ފަތިސް ނަމާދަށް މިސްކިތަށް ދިއުމަށް ހުރަހެއް ނެތް!: ފުލުހުން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ޢާންމުކޮށް ނުކުމެ އުޅުން މަނާ ނަމަވެސް ފަތިސް ނަމާދަށް މިސްކިތަށް ދިއުމަށް ހުރަހެއް ނެތް!: ފުލުހުން

ރޭގަނޑުން 10 އަކުން ފަތިހު 5 ޖަހަންދެން މަގުމައްޗަށް ނުކުމެ އުޅުން ޢާންމުކޮށް މަނާކުރި ނަމަވެސް ފަތިސް ނަމާދަށް ދާ މީހުން މިސްކިތަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ. 

މިއަދުނޫހުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަތިސް ނަމާދަށް މިސްކިތަށް ދާމީހުން މިސްކިތަށް ދިއުން ހުއްދަ ކަމަށާއި މިސްކިތަށް ދެވޭނެ ކަމަށެވެ. 

މިހާރު ފަތިސް ވަގުތު ވަނީ 4.47 ގައެވެ. 

މީގެ ކުރިން ޢާންމުކޮށް ނުކުމެ އުޅުން މަނާކުރި ދުވަސްތަކުގައިވެސް މިސްކިތްތައް ހުޅުވާފައި ހުންނަނަމަ މިސްކިތަށް ދިއުން މަނާނުކުރާކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން