ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 46ސ
ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

 ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ  ނައްތާލައިފިއެވެ. މި ތަކެއްޗަކީ އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހުރި މިތަކެތި ތަކެއްޗެވެ. މި ނައްތާލައިފައިވަނީ އޮގަސްޓް 9 ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ގޯތީތެރޭގައެވެ.

އެގޮތުން ނައްތާލައިފައިވަނީ 2019 ޖޫން 9 ން 2020 މާރިޗު 27 ވަނަ ދުވަހާ ހަމައަށް ގދ. ކާޑެއްދޫ ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެކި ބްރޭންޑްތަކުގެ 162 ފުޅިއާއި 20 ދަޅު ބިޔަރެވެ.

ބަނގުރާ ނައްތާލުން ތިނަދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މިއަދު އޮންލައިން