ޑޮކްޓަރުންނަށް ގޮންޖަހާ ފިޔަވަޅުތަކަށް އަމަލުނުކުރަން ހިތްވަރުދިން މެންބަރުން ވާނީ ބަލި ފެތުރުމުގެ ފްރޮންޓްލައިންގަ ތިބި ބައަކަށް ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޑޮކްޓަރުންނަށް ގޮންޖަހާ ފިޔަވަޅުތަކަށް އަމަލުނުކުރަން ހިތްވަރުދިން މެންބަރުން ވާނީ ބަލި ފެތުރުމުގެ ފްރޮންޓްލައިންގަ ތިބި ބައަކަށް ނޫންތޯ؟

ރައްޔިތުންގެ މަޖިލީސް ނަމަކަށް ކިޔާ ﷲ ގެ ޤާނޫނުތަކަށް ގޮންޖަހައި ޤާނޫނު ހަދާ މަޖިލީހުގައި ގިނަ މެންބަރުންނާއި ރިޔާސަތުން މިހައިތަނަށް ކުރަމުން އައި ކަމަކީ ކޮރޯނާ ވައިރަސްއިން ރައްޔިތުން ސަލާމަތްކުރަން މަސައްކަތްކުރަމުން އަންނަ ޑޮކްޓަރުންނާއި އެޗްޕީއޭގެ ނިންމުންތަކަށް ގޮންޖަހައި ފުރައްސާރަކުރުމެވެ. ކޮރޯނާ ވައިރަސް އަކީ އެއްވެސް ނުރައްކާތެރި އެއްޗެއް ނޫންކަމަށް ކަނޑައަޅައި ރައްޔިތުންގެ ބިރުކެނޑުވުމެވެ. 

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބަލިޖެހޭނެކަމަށް ކަނޑައަޅާފައި އަނެއް ދުވަހު ބަލިޖެހޭނީ 2000 މީޙުންނަށް ކަމަށް ކަނޑައެޅުމެވެ. އޮންލައިންކޮށް ބޭއްވެން އޮތް ޖަލްސާތައް ބައްދަލުވުންތަކަކަށް ބަދަލުކޮށް ބައްދަލުވު ނުއުޅުމަކީ އެއްވެސް މުހިންމު ކަމެއް ނޫންކަން ބަލީގެ އެންމެ ނުރައްކާތެރިކަން ބޮޑު ދުވަސްތަކުގައިވެސް ރައްޔިތުންނަށް ވިސްނައިދިނުމެވެ. 

އެފަދަ ބައަކީ ބަލި ނައްތާލަން މަސައްކަތްކުރުމުގައި ފްރޮންޓްލައިނުގައި ތިބިބައަކަށްވުމުގެ ބަދަލުގައި ވާނީ ބަލި ފެތުރުމުގެ ފްރޮންޓްލައިނުގައި ތިބި ބައަކަށް ނޫންތޯއެވެ؟ އެއީވެސް ހަމަ ފްރޮންޓްލައިނެކެވެ. ނަމަވެސް ބަލިިފެތުރުން ހުއްޓުވުމަށް މަސައްކަތްކުރުމުގެއެއް ނޫނެވެ. ބަލިފަތުރަން މަސައްކަތްކުރުމުގެއެވެ.

މިއަދު އޮންލައިން