ތިމަރަފުށްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 45ސ
ތިމަރަފުށްޓަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފި

ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިމަރަފުށްޓަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ، މާލެއިން ފުރައިގެން ތިމަރަފުށްޓަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ 18:34 ހާއިރު ތިމަރަފުށި ބަނދަރު ސަރަހައްދުުންއެވެ.

އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ އެވަގުތު ހިފައިގެން ހުރި ކޮތަޅު ބަލައިފާސްކުރިއިރު، އެކޮތަޅު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންއެވެ.

މިއަދު އޮންލައިން