ޓްރަމްޕަށް ކެންޕޭނުކޮށްދޭން ޢަރަބި ޤައުމުތަކުން އިޒްރޭލާއެކު ގުޅުން އުފައްދަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޓްރަމްޕަށް ކެންޕޭނުކޮށްދޭން ޢަރަބި ޤައުމުތަކުން އިޒްރޭލާއެކު ގުޅުން އުފައްދަނީ!

ފަލަސްޠީނު ރައްޔިތންގެ ޙައްޤުތައް ލިބިގަތުމަށް އެންމެ ބޮޑަށް ހުރަސްއަޅަމުން ގެންދާ މުސްލިމުންގެ ޢަދުއްވު، އެމެރިކާގެ ރައީސް ޓްރަމްޕަށް ކެންޕޭނުކޮށްދިނުމުގެ ގޮތުން ޢަރަބި ޤައުމުތަކުން އިޒްރޭލާއެކު ރަސްމީ ގުޅުން އުފެއްދުމުގެ މަރުހަލާގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ނިންމައިފިއެވެ. 

ފުރަތަމަ ސޮއިކުރަން ނިންމާފައިވަނީ ޔޫއޭއީ އިންނެވެ. މަންޒަރު ރީތިކުރަން ޔޫއޭއީ އިން ބުނެފައިވަނީ ލަސްޠީނާއި އިޒްރޭލް އެއްކޮށްލަން އިޒްރޭލުން ކުރާ މަސައްކަތްތައް ހުއްޓުމަކީ ޝަރުޠު ކަމަށެވެ. 

މުރާސިލުން ދެކޭ ގޮތުގައި މިއީ ހަމަ ބަހަނާއެކެވެ. ބޭނުމަކީ ދެވަނަ ދައުރަކަށް ޓްރަމްޕް ހޮވަން މަގުފަހިކޮށްދިނުމަށްޓަކައި ޓްރަމަޕަށް ތާއީދު ހޯދައިދިނުމެވެ. އަދި މިކަމަކީ ފަލަސްޠީނު އިޒްރޭލް މައްސަލައަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. މައްސަލަ ދާނީ އިތުރަށް ހޫނުވަމުންނެވެ. 

ޔޫއޭއީގެ މިނިންމުމާއި ދެކޮޅު ހެދުމުގެ ގޮތުން ފަލަސްޠީނު ސަރުކާރުން މިހާރުވަނީ ޔޫއޭއީގައި ހުންނެވި ސަފީރު އަނބުރާ ގެންގޮސްފައެވެ. 

ފެންނަމުން މިދަނީ ޢަރަބި ޤައުމުތަކުގެ ވެރިން، ވެރިކަމުގެ ދަހިވެތިކަމުގައި މުސްލިމުންގެ ޙައްޤުތައް ނީލަންކިޔަމުން ގެންދާތަނެވެ.

މިއަދު އޮންލައިން