ވެންޓިލޭޓަރު ބޮޑުވައްކަމުން ފައިދާނެގީ ބިޑް ކޮމިޓީތަ؟ ފިނޭންޝަލް ކޮންޓްރޯލަރުތަ؟ ނޫނީ ކިހާ ހިސާބަކުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ވެންޓިލޭޓަރު ބޮޑުވައްކަމުން ފައިދާނެގީ ބިޑް ކޮމިޓީތަ؟ ފިނޭންޝަލް ކޮންޓްރޯލަރުތަ؟ ނޫނީ ކިހާ ހިސާބަކުންތަ؟

މިހާރު ފެންމަތިވެގެން މިއުޅޭ ވެންތިޅޭޓަރު ބޮޑުވައްކަމުން ފައިދާ ނެގީ ބިޑްކޮމިޓީތޯއެވެ؟ ފިނޭންޝަލް ކޮންޓްރޯލަރުތޯއެވެ؟ ނުވަތަ ފިނޭންޝަލް ކޮންޓްރޯލަރަށް އިރުޝާދުދިން ކޮންވެރިއެއްތޯއެވެ؟ ނުވަތަ ކޮންވެރިންތަކެއްތޯއެވެ؟ ކިޮހައި ހިސާބަކުންތޯއެވެ؟ 

ބިޑްތައް ބިޑް ކޮމިޓީއަށް ހުށްހެޅިތޯއެވެ؟ ސަޕްލަޔަރު އިޚްތިޔާރުކުރީ ބިޑްކޮމިޓީންތޯއެވެ؟ ނޫނީ ބިޑްކޮމިޓީއަށް ގޮތް ނިންމަން ހުށްހެޅީ ފިނޭންޝަލް ކޮންތްރޯލަރުގެ ފޯމެއްތޯއެވެ؟ އެގޮތަށް ފޯމެއް ހުށަހަޅާލައިގެން އެވަރުގެ ބޮޑުކަމަކަށް ގޮތް ނިންމައިލީ ކީއްވެގެންތޯއެވެ؟ 

ދައުލަތުގެ ބަޖެޓުގެ ތެރެއިން ކުރަން ފާސްކޮށްފައި ހުންނަ ކަންކަން ކުރަން ފައިސާއަށް އެދުމުން ލިބުމުގައި އެތައް ބައިވަރު ހުރަސްތަކެއް ހުންނައިރު އެތައް މިލިއަން ރުފިޔާއެއް ހަމަ ކުއްލިއަކަށް އެޑްވާންސްކޮށްލީ ކީއްވެގެންބާވައެވެ! ކޮންބައެއްގެ ނުފޫޒުންބާވައެވެ! 

ބިޑްކޮމިޓީން އޕްރޫވްކުރި ފޯމުގައި "ހުއްދަދިން ނަމަވެސް ޤޫނާއި ޤަވާއިދުގެ ތެރެއިން ކަންކަން ކުރިއަށް ގެންދަން" ލިޔެފައިނެތްތޯއެވެ؟ 

މިސުވާލުތައް ޢާންމުކޮށް ހުޅުވާލައިގެން ކުރަންޖެހުނީ މިމައްސަލައިގައި ކުރާ ސުވާލުތަކަށް ޖަވާބުލިބޭނެ މަގެއް އަދި މިހައިތަނަށް ފެނިފައި ނެތުމުންނެވެ!

މިއަދު އޮންލައިން