ފުލުހުންގެ ބެލުމުގެދަށުގައި ހުރި ދެ ސައިކަލެއްގެ ވެރިފަރާތް ހޯދަނީއެވެ.
މި ދެ ސައިކަލަކީ ވަގަށް ނަގާފައިވާކަމަށް ބެލެވިގެން 2020 މާރޗް 27 ވަނަ ދުވަހާއި 2019 ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ސައިކަލެކެވެ. މި ދެ ސައިކަލުގެ ރަޖިސްޓްރީ ނަންބަރަކީ AA0A P8496 އަދި AA0A P9195 އެވެ.
ވީމާ މި ދެ ސައިކަލު ވެރިފަރާތުން 2020 އޮގަސްޓް 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ޕޮލިސް ޓޯވ ޔާޑަށް ހާޒިރުވެ ސައިކަލާ ހަވާލުވެ ލެއްވުން އެދެއެވެ. އަދި ސައިކަލުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ސައިކަލާ ހަވާލުވެލައްވާނަމަ، ސައިކަލުގެ ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެ އިތުރުން ސައިކަލާ ހަވާލުވެލައްވާ ފަރާތެއްގެ ނަން ހިމަނާފައިވާ ސިޓީއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން އެފަރާތާ ސައިކަލު ހަވާލު ކުރެވޭނެ ވާހަކަ ވެސް ދެންނެވިމެވެ.