ބްރިޖްގައި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފަިވަނީ މިރޭ 19:50 ހާއިރު ސިނަމާލޭ ބްރިޖް ސައިކަލު ލޭންގައި މަޑުކޮށްގެން އިން ސައިކަލެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހި، އަދި އިތުރު ތިން ސައިކަލެއްގައި ވެސް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ އެކްސިޑެންޓެއްކަމަށެވެ.
މިއެކްސިޑެންޓުގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާވެ ފަރުވާދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަދި އެކްސިޑެންޓުވި އެއް ސައިކަލު އެކްސިޑެންޓު ވުމުންވެސް މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓުގައި ތިން ސައިކަލަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.