ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީއެވެ.
މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 28 އިން 30 އަށް މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެއްޗަކީ:
އޮގަސްޓް 28 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ޓީވީއެއް. އިންސިޑެންޓް ނަންބަރު 463781
އޮގަސްޓް 29 ވަނަ ދުވަހު ނޯތު ހާބަރު ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބެޓެރި ބުރުމާއެއް. އިންސިޑެންޓް ނަންބަރު 463824
އޮގަސްޓް 29 ވަނަ ދުވަހު ލޮނުޒިޔާރަތްމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަކީޓާ ބްރޭންޑްގެ ބުރުމާއެއް. އިންސިޑެންޓް ނަންބަރު 463821
އޮގަސްޓް 30 ވަނަ ދުވަހު ސުނާމީބިނާ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަރަންޓު ނަރު ގޯންޏެއް. އިންސިޑެންޓް ނަންބަރު 463862
ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދެއެވެ.