ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅު ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މި ސެޕްޓެމްބަރ މަހުގެ 02 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ގަލޮޅު ގެ އެއް ބަލައި ފާސްކޮށްފައިވެއެވެ. ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު 240 ބިޔަރު ދަޅު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.