ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 53ސ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަނީއެވެ.

މި ސައިކަލަކީ ވަގަށް ނަގާފައިވާކަމަށް ބެލެވިގެން 2020 މާރިޗު 27 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ސައިކަލެކެވެ. މި ސައިކަލުގެ ރަޖިސްޓްރީ ނަންބަރަކީ AA0C P4883 އެވެ.

ވީމާ މި ސައިކަލުގެ ވެރިފަރާތުން މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ޕޮލިސް ޓޯވ ޔާޑަށް ހާޒިރުވެ ސައިކަލާ ހަވާލުވެ ލެއްވުން އެދެއެވެ.

އަދި ސައިކަލުގެ ވެރިފަރާތް ނޫން އެހެން މީހަކު ސައިކަލާ ހަވާލުވެލައްވާނަމަ، ސައިކަލުގެ ރަޖިސްޓްރީގެ ކޮޕީއަކާއި ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެ އިތުރުން ސައިކަލާ ހަވާލުވެލައްވާ މީހެއްގެ ނަން ހިމަނާފައިވާ ސިޓީއެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން އެ މީހަކާ ސައިކަލު ހަވާލު ކުރެވޭނެ ވާހަކަ ވެސް ދެންނެވިއެވެ.

މި ސައިކަލަކީ ވެރިފަރާތުން އެހެން މީހަކަށް ވިއްކާލާފައިވާ ސައިކަލެއް ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.

މިއަދު އޮންލައިން