މަންމައަކު އޭނާގެ 5 ދަރިން މަރާލާފަ އޮތްތަން ފެނުމުން ފުލުހުން ގެއިން ނުކުތީ ރޮމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މަންމައަކު އޭނާގެ 5 ދަރިން މަރާލާފަ އޮތްތަން ފެނުމުން ފުލުހުން ގެއިން ނުކުތީ ރޮމުން!

ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެން އެގެއަށް ފުލުހުން ވަދެބެލިއިރު ދޮޅު އަހަރުން ފެށިގެން މަތީގެ ފަސްދަރިން އެކުގައި މަރާލާފައި ތިބިތަން ފެނުމުން ފުލުހުން އެގެއިން ނުކުތީ ރޮމުންނެވެ.

ފުލުހުން ބުނީ އެ 5 ކުދިންވެސް މަރާލާފައިވަނީ ނޭވޭހާސްކޮށްގެން ކަމަށެވެ. އަދި އެކަންކުރިކަމަށް ބެލެވެނީ މަންމަ ކަމަށެވެ. މަންމަ ހޯދުމުގެ މަސައްކަތްކުރަނިކޮށް ފުލުހުންނަށް އެނގުނީ 5 ދަރިން މަރާލުމަށްފަހު 6 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ފިލިކަމެވެ. 

އެއިގެ ފަހުން އެނގުނީ ރޭލަކަށް އަރައިގެން މަންމަ އެ ދަރިފުޅު ގޮވައިގެން ރޭލުގައި ދަތުރުކޮށް ޑުސެލްޑޯފް ރޭލްވޭ ސްޓޭޝަނަށް ގޮސް ރޭލުދަށުވެ އަމިއްލައަށް މަރުވާން މަސައްކަތްކުރިކަމެވެ. 

މިދިއަ ބުދަ ދުވަހުގެ ރޭ ޖަރުމަން ވިލާތުގައި ހިނގި މިހާދިސާ އާއި ގުޅިގެން މަންމައަށް އައިސީޔޫގައި ފަރުވާދެމުން ގެންދާތީ ފުލުހުންނަށް އަދިވަނީ ސުވާލު ނުކުރެވިފައެވެ. ގެންދިއަ ފިރިހެން ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން