ލ. ކަލައިދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް މި ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ ފައިސާތައް ހޯދައިފިއެވެ.
އިސްދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އެޕަރޭޝަނުގައި، އެ ފައިސާތައް ހޯދާފައިވަނީ ރަށުތެރޭގައި ވަޅުލާފައިހުއްޓައެވެ. އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ދަންވަރު އެ ސަރަހައްދު ބަލައި ފާސްކޮށް 352500 ރުފިޔާ ހޯދާފައިވެއެވެ.
މި މައްސަލައާ ގުޅިގެން 29 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މައްސަލަދަނީ ތަހުގީގު ކުރަމުންއެވެ.