ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވަޑާކުރުމަށް ބޭނުން ކުރާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީއެވެ.
މިތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 06 ވަނަ ދުވަހު މާލޭ ކަރާ މާރުކޭޓު ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ދެ މީހެއްގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގޮންގޮސްފައެވެ.
މިގޮޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ
2 ސެކިއުލަރ ކީސް (ހިޓާޗީ)، 1 ސެކިއުލަރ ކީސް (މަކީޓާ) 2 ރައުޓަރ (މަކީޓާ)، 1 ޑްރިލަރ، 1 ކަރަންޓު ރޮންދާ (މަކީޓާ)، 1 ހޭންޑް ރޮންދާ، 2 ވަޑާންކަށި، 1 މިންބަލާ ފަތިގަނޑު، 1 ފީރު، 4 ސޮކެޓު، 1 ޓެސްޓަރ، 1 ތްރީޕިން، 2 ފޫޓު ފީތާ. މި ތަކެތީގެ އިންސިޑެންޓް ނަމްބަރަކީ 464442 އެވެ.
ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.