މަނަދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 50ސ
މަނަދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ނ. މަނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ ދެ އޮޕަރޭޝަނަކީ މަނަދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ދެ އޮޕަރޭޝަނެވެ.

އެގޮތުން ފުރަތަމަ ކުރިއަށް ގެންދިޔަ އޮޕަރޭޝަމުގައި، އެ ރަށު ފަޅުގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވެއެވެ. ދެ ވަނަ އޮޕަރޭޝަނުގައި، އެ ރަށު ރެސްޓޯރަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި ދެ މައްސަލައާ ގުޅިގެން މިހާނަތަށް މީހަކު ހައްޔަރުކޮށްފައިނުވި ނަމަވެސް މަނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ދެ މައްސަލަވެސް ތަހުގީގު ކުރަމުންއެވެ.

މިއަދު އޮންލައިން