މާލޭގެ ގެއެއް ބަލައި ފާސްކޮށް ބިޔަރު ދަޅު ތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 42ސ
މާލޭގެ ގެއެއް ބަލައި ފާސްކޮށް ބިޔަރު ދަޅު ތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލެ، މާފަންނު ގެއެއް ބަލައި ފާސްކޮށް ބިޔަރު ދަޅުތަކަކާއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު 240 ބިޔަރު ދަޅާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ބިޑި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން، 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރު، 26 އަހަރު، 27 އަހަރު އަދި 28 އަަހަރުގެ މީހަކު ހައްޔަރުކޮށް މައްސަލަދަނީ ތަހުގީގު ކުރަމުންއެވެ.

މިއަދު އޮންލައިން