އެޗްއާރުސީއެމް އާއި އިންޓެގްރިޓީ ކޮމިޝަނަށް ޢައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 53ސ
އެޗްއާރުސީއެމް އާއި އިންޓެގްރިޓީ ކޮމިޝަނަށް ޢައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

 ހިއުމަން ރައިޓްސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރެއްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި ވަނީ، 2020 ޖުލައި 22 ވަނަ ދުވަހު އެ ކޮމިޝަނުގެ މެންބަރެއް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމުން ވަކިކުރައްވާފައިވާތީ، ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައެވެ.

އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވެފައި މިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްގެ މަޤާމުން އަޙްމަދު ސުލައިމާން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ލަފާދެއްވާފައިވާ ގޮތަށް 9 އޯގަސްޓު 2020 ގައި، ރައީސުލްޖުމްހޫރިއްޔާ އަޙްމަދުސުލައިމާން އެ މަޤާމުން ވަކިކުރައްވާފައިވާތީއެވެ.

މިއަދު އޮންލައިން