މިރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 23ސ
މިރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފި!

މާފަންނު ތޮއިބާ މިސްކިތް ކައިރީގައި މިރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިމައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ތޮއިބާ މިސްކިތް ކައިރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިތުރު ތަފްސީލް އަންނަނީ...

މިއަދު އޮންލައިން