ހަދިޔާއެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަދާ ދުވިސައްތަ ސިފައިންނަށް ބަދަލުވެއްޖެ: އުމަރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ހަދިޔާއެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަދާ ދުވިސައްތަ ސިފައިންނަށް ބަދަލުވެއްޖެ: އުމަރު

ހަދިޔާއެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަދާ ދުވިސައްތަ ސިފައިންނަށް ބަދަލުވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ހަދިޔާކުރި ޑޯނިއާ މަތިންދާބޯޑު މިއަދު ރާއްޖެ ގެނައުމާއި ގުޅިގެން އުމަރު ސޯޝަލް މީޑިއާގައި ވިދާޅުވީ މިއަދަކީ އަނެއްކާ ކަޅު ދުވަހެއް ކަމަށާއިިި މި ނުރައްކަލުގެ ވާހަކަ އަޅުގަޑުމެން ދައްކަން ފެށިއިރު މިކަން ޤަބޫލު ނުކޮށް ތިއްބެވި ބޭފުޅުންނަށް މިވަމުންދާ ގޮތް އިޙުސާސް ކުރެއްވޭނެ ކަމަށް ހީކުރައްވާކަމަށެވެ.

 އުމަރު ވިދާޅުވީ ހަދިޔާއެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަދާ 200 ސިފައިންނަށް ބަދަލުވެފައިވާކަމަށާއި ''ކިތަންމެ ބައިވަރު ތިއްބަސް އިރާދަ ކުރެއްވިއްޔާ ބާލާނަން.'' ކަމަށެވެ.

އުމަރު އިޝާރާތް ކުރައްވަފައިވާ 3 އުޅަދަކީ އިންޑިއާ އިން މީގެ ކުރިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި މިއަދު ގެނެސްފައިވާ ޑޯނިއާ މަތިންދާބޯޓެވެ.

 

 

މިއަދު އޮންލައިން