ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީއެވެ.
މި ތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 26އިން 27 އަށް މާލޭ މަގުމަތިން ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ
ސެޕްޓެމްބަރ 26 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ވިލާ ގޭސް ފުޅިއެއް. އިންސިޑެންޓް ނަންބަރ 466176
ސެޕްޓެމްބަރ 26 ވަނަ ދުވަހު ބުރުޒުމަގު، އޮން ދަ ވޭ ފިހާރަ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ 30 ރުފިޔާ. އިންސިޑެންޓް ނަންބަރ 466217
ސެޕްޓެމްބަރ 26 ވަނަ ދުވަހު ޖޯޝީ ހިނގުމުން، ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލެމުގެދަށަށް ގެންގޮސްފައިވާ މޯބައިލް ފޯނެއް (އެމްއައި). އިންސިޑެންޓް ނަންބަރ 466214
ސެޕްޓެމްބަރ 27 ވަނަ ދުވަހު މާފަންނު ގަޑިބުރު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ މޯބައިލް ފޯނެއް (ސެމްސަންގް). އިންސިޑެންޓް ނަންބަރ 466271
ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.