7 މަސްދުވަހަށްފަހު ފުރުޞަތު ހުޅުވާލުމުން ޢުމުރާވާން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
7 މަސްދުވަހަށްފަހު ފުރުޞަތު ހުޅުވާލުމުން ޢުމުރާވާން ފަށައިފި

ކޮރޯނާ ވައިރަސް އާއި ގުޅިގެން ޙައްޖާއި އުމުރާވުމުގެ ފުރުޞަތު ބަންދުކުރިތާ 7 މަސްފަހުން މިރޭ ފުރުޞަތު ހުޅުވއިލުމުން ޢުމުރާގެ އަޅުކަން ފަށައިފިއެވެ. 

މިރޭ 12 ޖެހިއިރު ފުރުޞަތު ހުޅުވައިލުމުން ފުރަތަމަ ގްރޫޕުގައި ޢުމުރާވެފައިވަނީ ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ މީހުންނެވެ. 

މިވަތުތު ޙަރަމްފުޅަށް ވަނުމުގެ ފުރުޞަތު ދެނީ ކޮންމެ 3 ގަޑިއިރަކަށް ފަހަރަކު 6000 މީހުންނަށެވެ. އެއް ގްރޫޮޕް ނުކުތުމުން އަނެއް ގްރޫޕަށް ވަދެވޭ ގޮތަށެވެ. ޙައްޖާ ޢުމުރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ބުނެފައިވަނީ ފުރަތަމަ ކުދިކުދި ގްރޫޕުތަކަށް ހުޅުވައިލި ނަމަވެސް ޙާލަތު ރަނގަޅުވާވަރަށް ބަލައި ގްރޫޕުތައް ބޮޑެތި ކުރާނެކަމަށެވެ. 

ޢުމުރާވުމަށް ޚާއްޞަ ހުއްދަތަކެއް ކުރިއާލައި ނަގަންޖެހެއެވެ. އެހެންކަމުން މިނިސްޓްރީންވަނީ ކަންކަން ކުރަންވީގޮތުގެ މައުލޫމާތު އުމުރާއަށް މީހުން ގެންދާ ޖަމާޢަތްތަކާއި ހިއްޞާކޮށްފައެވެ.

މިއަދު އޮންލައިން